"މެއިލް މެނޭޖްމަންޓަށް މުވައްޒަފުން އަހުލުވެރިކުރުވުން" މިނަމުގައި މައުލޫމާތު ދިނުމުގެ ޓްރޭނިންގ ވޯރކޮޝޮޕެއް ބާއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "މެއިލް މެނޭޖްމަންޓަށް މުވައްޒަފުން އަހުލުވެރިކުރުވުން" މިނަމުގައި މަޢުލޫމާތު ދިނުމުގެ 1 ދުވަހުގެ ޓްރޭނިންގ ވޯކްޝޮޕެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓްގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ މަގްސަދަކީ ކަރުދާހުގެ ޚަރަދު ކުޑަކުރުމަށްޓަކައި، ޑިޕާޓްމަންޓުގެ އެތެރޭގައި ބަދަލުކުރެވޭ ލިޔެކިޔުންތައް އީމެއިލްގެ ޒަރީއާއިން ކުރިއަށްގެންދިޔުމަށް ބޭނުންވާ ތަމްރީނު މުވައްޒަފުންނަށް ދިނުމާއި މައިކްރޯސޮފްޓް އައުޓުލުކް ޕްރޮގްރާމަށް މުވައްޒަފުން އަޙުލުވެރިކުރުވުމެވެ.
 04 މެއި 2013 ވަނަ ދުވަހު ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގައި ޖުމްލަ 23 މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހެނދުނު 10:00 ން 17:00 އަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގެ ސެޝަންތައް ބޭއްވުނީ ވިލިގިލީގައި ހުންނަ ޖުޑީޝަލް ޓްރޭނިންގ ސެންޓަރގައެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ކަމާބެހޭ ތަޖްރިބާކާރު ބޭފުޅުންނާއި ޑިޕާޓްމަންޓުގެ އައިޓީސެކްޝަންގެ ބޭފުޅުންނެވެ.

"މުވައްޒަފުން މަސައްކަތުގެ މާހައުލަށް ޝައުޤުވެރިކުރުވުން" މިނަމުގައި މައުލޫމާތު ދިނުމުގެ ޓްރޭނިންގ ވޯރކޮޝޮޕެއް ބާއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންނާއި މާލޭ ކޯޓު ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން "މުވައްޒަފުން މަސައްކަތުގެ މާހައުލަށް ޝައުޤުވެރިކުރުވުން" މިނަމުގައި މައުލޫމާތު ދިނުމުގެ ޓްރޭނިނގ ވޯކްޝޮޕެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓްގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ މަގްސަދަކީ މުވައްޒަފުން މަސައްކަތުގެ މާހައުލަށް ޝައުޤުވެރިކުރުވުމެވެ.
 23 އޭޕްރީލް 2013 ވަނަ ދުވަހުން ފެށިގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގައި ޖުމްލަ 25 މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މެންދުރުފަހު 13:30 ން 16:00 އަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގެ ސެޝަންތައް ބޭއްވުނީ ޑިޕާޓްމަންޓްގެ ޓްރޭނިންގ ރޫމްގައެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ރައީސް އޮފީހުގެ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުންނެވެ.

"އިވެލުވޭޓިންގ ދަ ވެލިއު އޮފް ފޮރެންސިކް ސައިންސް" މިނަމުގައި މައުލޫމާތު ދިނުމުގެ ޓްރޭނިންގ ވޯރކޮޝޮޕް ތަކެއްބާއްވައިފި

މެޖިސްޓްރޭޓު ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުނަން އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޓްރޭނިންގ އިންސިޓިޓިއުޓާއި ގުޅިގެން "އިވެލުވޭޓިންގ ދަ ވެލިއު އޮފް ފޮރެންސިކް ސައިންސް" މިނަމުގައި މައުލޫމާތު ދިނުމުގެ ޓްރޭނިނގ ވޯކްޝޮޕްތަކެއް ބާއްވައިފިއެވެ.
ޑިޕާޓްމަންޓްގެ ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަނުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގެ މަގްސަދަކީ ފޮރެންސިކް ސައިންސާއި، ފޮރެންސިކް ގޮތުން ހޯދޭ ހެކި ވަޒަންކުރެވޭގޮތާއި ބެހޭ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް މައުލޫމާތު ދިނުމާއި ފުލުހުން ތަޙްޤީގުތަކުގައި ހެކިހޯދުމުގައި އަމަލުކުރާ އުސޫލުތަކާބެހޭ މަޢުލޫމާތު ކޯޓުތަކުގެ ފަނޑިޔާރންނަށް ދިނުމެވެ.
ދެގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގައި ޖުމްލަ ސާޅީސް މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
06 އޭޕްރިލް އަދި 13 އޭޕްރިލް 2013 ވަނަ ދުވަހު ހެނދުނު 08:15 ން 16:00 އަށް ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގެ ސެޝަންތައް ބޭއްވުނީ އިސްކަންދަރުކޮށީގައެވެ. ބައްދަލުވުމުގައި މައުލޫމާތު ދެއްވީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޖުޑީޝަރީގެ މުވައްޒަފުންނަށް ކަސްޓަމަރ ސާރވިސް ކޯހެއް ފަށައިފި

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، "ކަސްޓަމަރ ސާރވިސް" ގެ ނަމުގައި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ހުނަރުތައް ތަރައްޤީ ކޮށްކުރިއެރުވުމުގެ މަޤުޞަދުގައި ކޯހެއް ފަށައިފިއެވެ.
މި ކޯސް އިންތިޒާމު ކުރައްވައި ކުރިޔަށް ގެންދަވަނީ ރައީސުލް ޖުމުހޫރިއްޔާގެ އޮފީހާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ސެކްޝަނުންނެވެ.
02 އޭޕްރިލް 2013 ވަނަދުވަހު ފެށުނު މި ކޯހުގެ ސެޝަންތައް ކުރިޔަށް ދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރެއިނިންގ ރޫމުގައެވެ. ކޮންމެ ދުވަހެއްގެ 13:00 އިން ފެށިގެން 16:30 ކުރިޔަށްދާ މިކޯހުގެ މުއްދަތަކީ ތިންދުވަހެވެ.
"ކަސްޓަމަރ ސަރވިސް" މި ކޯހުގައި ޑިޕާޓްމަންޓާއި މާލޭ ކޯޓުތަކުން 25 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.