ތަފާސްހިސާބު ވޯކްޝޮޕެއް ފަށައިފި

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ތަފާސްހިސާބު އެއްކުރުމާއި، އެ ހިސާބުތައް ރައްކާކުރުމާބެހޭ ގޮތުން މަޢުލޫމާތު ދިނުމާއި، އާންމުންނާ ހަމައަށް އެންމެ ސައްޙަ މަޢުލޫމާތު މިހާރަށްވުރެ ފުޅާދާއިރާއެއްގައި ފޯރުކޮށް ދިނުމަށްޓަކައި ވޯކްޝޮޕެއް ފަށައިފިއެވެ. މި ވޯކްޝޮޕް އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސްޓެޓިސްޓިކްސް އެންޑް ރިސާޗް ސެކްޝަނުންނެވެ.


މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ 3 ބުރަކަށް ބަހާލައިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކޮންފަރެންސް ހޯލްގައެވެ. މި ވޯކްޝޮޕް ގައި ހއ، ހދ، ރ، ބ، ޅ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ސ، ޏ އަތޮޅުގެ ވެރިކަންކުރާ މެޖިސްޓްރޭޓް ކޯޓުގެ ތަފާސްހިސާބު މަސައްކަތް ކުރައްވާ މުވައްޒަފު ބައިވެރިވެ އެވެ. "ތަފާސްހިސާބު ވޯކް ޝޮޕް" ގެ ފުރަތަމަ ބުރުގައި 2 ސެޕްޓެމްބަރ 2012 އިން 3 ސެޕްޓެމްބަރ 2012 އަށް އއ، އދ، ހއ، ހދ، ބ، ޅ އަތޮޅުން، އަދި ދެވަނަ ބުރުގައި ވ، މ، ފ، ރ، ލ، ގއ އަތޮޅުން ބައިވެރިވެފައިވެއެވެ. މި ވޯކްޝޮޕްގެ ތިންވަނަ ބުރު 10 ސެޕްޓެމްބަރ 2012 އިން 11 ސެޕްޓެމްބަރގެ ނިޔަލަށް މިހާރު ކުރިއަށް ދަމުންދެއެވެ.