މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ހިންގުމާއިބެހޭ ބައްދަލުވުން ނިމިއްޖެ
- އަނގާރަ, 10 ޖުލައި 2012
މެޖިސްޓްރޭޓް ކޯޓުތައް ހިންގުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައި އިދާރީ ހިންގުން އަވަސްކޮށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި ބޭއްވި ބައްދަލުވުން ނިމިއްޖެއެވެ. 2 ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ ބައްދަލުވުމައި ޖުމްލަ 37 ބައިވެރިން ބައިވެރިވެވަޑައިގަތެވެ.
އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓުންނާއި ކޯޓު އެޑްމިނިސްޓްރޭޓަރު ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުންތައް ފެށުނީ 07 ޖުލައި 2012 ގައެވެ. މިބައްދަލުވު
ންތައް ކުރިޔަށްދިޔައީ ވިލިމާލޭގައި ހުންނަ ޖުޑީޝަލް ޓްރޭނިންގ ސެންޓަރުގައެވެ.
މިބައްދަލުވުމުގައި މަޝްވަރާކޮށް ނިންމުނު ކަންތައްތަކުގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިސްމެޖިސްޓްރޭޓުންނާ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ޒިންމާ ކަނޑައެޅުމާއި، އިދާރީ މުވައްޒަފުންގެ ތަމްރީން ހިންގުމާގުޅޭގޮތުންނާއި2013ގެ ބަޖެޓުގެ މަސައްކަތްތައް ހިމެނެއެވެ


