މެޖިސްޓްރޭޓް ކޯޓު އައި.ޓީ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހުވަދު އަތޮޅު އުތުރުބުރީ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުނަށް ވޯކްޝޮޕެއް ހިންގައިފި

މެޖިސްޓްރޭޓް ކޯޓުތަކުގައި ހިނގަމުންދާ ސްކޭންކުރުމުގެ ސްކޭންކުރުމުގެ މަސައްކަތަށް އެހީތެރިވެ، މެޖިސްޓްރޭޓް ކޯޓުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީ އަދާކުރާ ދައުރު މިހާރަށްވުރެ ފުޅާކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފަށާފައިވާ 'މެޖިސްޓްރޭޓް ކޯޓު އައި.ޓީ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ޕްރޮޖެކްޓް' ގެދަށުން ހުވަދު އަތޮޅު އުތުރުބުރީ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުން އަހުލުވެރިކުރުމަށްޓަކައި ޓްރޭނިންގ ވޯކްޝޮޕެއް 20 ޖޫން 2012 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

މިވޯކްޝޮޕްގައި އަތޮޅުގެ ކޮންމެ ރަށެއްގެ ކޯޓުން 1 މުވައްޒަފަކު ބައިވެރިވިއެވެ. މިޓްރޭނިންގ ވޯކްޝޮޕްގައި މައުލޫމާތު ދެއްވީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކޮމްޕިއުޓަރ ޓެކްނީޝަން އަލްފާޞިލް އިޙްސާން އަލީއެވެ