ޖުޑީޝަރީގެ މުވައްޒަފުންނަށް ކަސްޓަމަރ ސާރވިސް ކޯހެއް ފަށައިފި

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، "ކަސްޓަމަރ ސާރވިސް" ގެ ނަމުގައި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގެ ހުނަރުތައް ތަރައްޤީ ކޮށްކުރިއެރުވުމުގެ މަޤުޞަދުގައި ކޯހެއް ފަށައިފިއެވެ. މި ކޯސް އިންތިޒާމު ކުރައްވައި ކުރިޔަށް ގެންދަވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

13 މެއި 2012 ވަނަދުވަހު ފެށުނު މި ކޯހުގެ ސެޝަންތައް ކުރިޔަށް ދަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓްރެއިނިންގ ރޫމުގައެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ 15:15 އިން ފެށިގެން 18:00 އަށް ކުރިޔަށް ގެންދާ މި ކޯސް ކުރިޔަށްދަނީ ފޯކަސް އެޑިއުކޭޝަން ސެންޓަރާ ގުޅިގެންނެވެ.

"ކަސްޓަމަރ ސަރވިސް" މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާލޭގެ ހުރިހާ ކޯޓުތަކަށާއި، އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުއައްޒަފުންނަށް ވަނީ ހުޅުވާލެވިފައެވެ. ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ކުރިޔަށްދާ ސެޝަނުގައި 20 މުއައްޒަފުން ބައިވެރިވެއެވެ. ކޯހުގެ މުއްދަތަކީ 1 ހަފުތާއެވެ.